އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަންކުރައްވައިފިއެވެ.
އައިއޭއެސްއެލްގެ ޗެއާމަންގެ މަގާމަށް މިހާދު އައްޔަން ކުރައްވާފައިވަނީ މިއަދެވެ. އޭގެ ކުރިން އޭނާ ހުންނެވީ ގައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
މިހާދު ވަނީ މީގެ ކުރިން އައިއޭއެސްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން 2008 އިން 2012 އަށް ފުރުއްވައިފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް މިހާދު އަދާކުރެއްވިއެވެ.
މީގެ އިތުރުން މިހާދު ވަނީ ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތައް ވެސް ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު