ސެމްސަންގެ އެންމެ ފަހުގެ ފޯނު ގެލެކްސީ އެސް24 ސީރީޒް މި މަހުގެ 17 ގައި ނެރޭނެކަން އެ ކުންފުނިން އިއުލާން ކޮށްފިއެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ އަދި އެންމެ މަޝްހޫރު ފޯނުތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގެ ގެލެކްސީ މި އާ ފޯނުގައި ކެމެރާ އާއި ޕްރޮސެސަރު މަތިކޮށް އޭއައި ޕަވަޑް އާ ފީޗާސްތައް ވަނީ ހިމަނައިފައެވެ.
މި ފަހަރުގެ ފޯނުގައި ސެމްސަން ކުންފުނީގެ ފޯކަސް ހުރީ އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީ ހިމެނުމަށާއި އަދި ކެމެރާ ރަނގަޅު ކުރުމަށެވެ. މި އަހަރު ގެލެކްސީ އެސް24 ސީރީޒް ފޯނުތަކުގައި އޭއައި ޓެކްނޮލޮޖީގެ ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ބުނެއެވެ.
މި އިވެންޓް އޮންނާނީ ކެލިފޯނިއާގެ ސެން ހޯޒޭގައި ހުންނަ އެސްއޭޕީ ސެންޓަރުގައި ޖެނުއަރީ 17 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ. މި އިވެންޓް ސެމްސަންގެ ޗެނަލްތަކުގެ ތެރެއިން ލައިވްސްޓްރީމް ކުރާނެ އެވެ. ސެމްސަންގް ކުންފުނިން އަންނަނީ އާ ގެލެކްސީ ޑިވައިސްތައް އަވަހަށް ރިޒާވް ކުރަން ބޭނުންވާ ފަރާތްތަކަށް ޕްރޮމޯޝަނެއް ހުށަހަޅަމުންނެވެ. މިހާރު ޖެނުއަރީ 16 އާ ހަމައަށް ސެމްސަންގެ ވެބްސައިޓް ނުވަތަ އެޕް މެދުވެރިކޮށް ފޯނުތައް ބުކް ކުރާ ނުވަތަ ރިޒާވް ކުރާ ކަސްޓަމަރުންނަށް 50 ޑޮލަރުގެ ކްރެޑިޓެއް ލިބޭނެ އެވެ.
މި އަހަރުގެ ސެމްސަންގެ އަންޕެކްޑް އިވެންޓް ކުރިއަށް މި ގެންދަނީ ދުނިޔޭ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކުން މޯބައިލް ޑިވައިސްތަކަށް ޖެނެރޭޓިވް އޭއައި ބޭނުން ކޮށްގެން ތަފާތު އެކިއެކި ކޮންޓެންޓް އުފައްދައި ވާހަކަ ދައްކާ ޖަވާބުތައް ޖާދޫކުރާ އޭއައި އިންފިއުޒް ކުރުމުގެ އާ ގޮތްތައް ހޯދަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މިސާލަކަށް ގޫގުލްގެ ޕިކްސެލް 8 އަދި ޕިކްސެލް 8 ޕްރޯގައި ފޮޓޯތަކުގައި ހުންނަ ތަކެތި ފޮހެލުމާއި، ގެންދިއުމާއި، ސައިޒު ބަދަލުކުރުމަށް އޭއައި އިން ފިއުލްޑް ފޮޓޯ އެޑިޓިން ފީޗާސް ހިމެނެ އެވެ. އެހެން ކަމުން މިފަހަރު ނެރޭ ގެލެކްސީ އެސް24 ސީރީޒް އަށް ހިންގުމަށް ބޭނުންކުރާ ސްމާޓްފޯން ތަކަށް ހާއްސަކޮށްފައިވާ ކުއަލްކޮމްގެ އާ ސްނެޕްޑްރެގަން 8 ޖެން 3 ޕްރޮސެސަރު ވެސް ފަރުމާކޮށްފައި ވަނީ ފޯނުތަކަށް އިތުރަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އޭއައި ގެނައުމަށެވެ.
ޓެކްނޮލޮޖީގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސެމްސަންގުން ގެލެކްސީ 24 ފޯނުގައި އޭއައި ޓެކްނޮލޮޖީ ވަރަށް ވަރުގަދަ ކުރުވިފައިވާ އިރު މިފަހަރުގެ ގެލެކްސީ އެސް24 ސީރީޒް ފޯނުން ކުރާ ކޯލްތައް އެކި ބަސް ބަހުން ވާހަކަ ދެއްކިއަސް ފޯނުން ވާހަކަ ދައްކާ ދެމީހުންނަށް އެނގޭ ގޮތަށް ބަސް ތަރުޖަމާކޮށްދޭނެއެވެ. ފަހުގެ ސްމާޓްފޯނުތައް އޭއައި ޓެކްނޮލޮޖީ އާއި ދިމާލަކަށް ދަތުރުކުރާ މި ދަނޑިވަޅުގައި ސެމްސަންއިން މި ނެރޭ ފޯނަކީ އާދަޔާ ހިލާފު ގިނަ ކަންކަން ހިމެނޭނެ ފޯނަކަށް ވާނެއެވެ. އެހެން ކަމުން ސެމްސަންގެ ފަހުގެ ފޯނުތަކަށް އިންތިޒާރު ކުރާ ފަރާތްތަކަށް ދެން މާގިނަ ދުވަހަކު މަޑު ކުރާކަށް ނުޖެހޭނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ