ކުރީ ސަރުކާރުގައި ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން ޑޮމެސްޓިކް އެއާޕޯޓް ހެދުމަށް އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކެއް މި ސަރުކާރުން ބާތިލުކޮށްފިއެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކްރޮސް ސަބްސީޑީގެ ދަށުން ފައިނޭންސް ފޯރުކޮށްދޭނެ ކަމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ފައިނޭންސް އެގްރީމެންޓުގައި ސޮއިކޮށްފައިވާ ހަތް ފަރާތްތަކުން ފައިނޭންސް ފޯރުކޮށްދީފައިނުވާ ކަމަށެވެ.
"އެ ފަރާތްތަކަށް އިތުރަށް މުއްދަތު ދެއްވައިގެން އެ ފައިސާ ލިބޭނެ ކަމަށް ނުބެލެވޭތީ ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ނުދެއްވާ އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްވެސް އިކޮނޮމިކް ކައުންސިލުން ވެސް ވަނީ ނިންމަވާފައި" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިކޮނޮމިކް ކައުންސިލުން ކުރިން ނިންމާފައިވަނީ މި ޖެނުއަރީ މަހުގެ ނިޔަލަށް ފައިސާ ދެއްކުމުގެ މުއްދަތު އެ ފަރާތްތަކަށް ދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު