އިންޑިއާއިން އިރުގެ މިޝަނަށް ފޮނުވާލި "އަދިތިޔާ-އެލް1" އިރު ފެންނަ ހިސާބަށް ދަތުރުކޮށްފިއެވެ.
ހަތަރު މަސްދުވަހުގެ ދަތުރަކަށްފަހު "އަދިތިޔާ-އެލް1" މަޑުޖައްސާލާފައިވަނީ އެ އުޅަނދަށް އަބަދުވެސް އިރު ފެންނާނެ ހާއްސަ ޕޮއިންޓަކަށް ކަމަށް އިންޑިއާގެ ޖައްވީ އިދާރާއިން ބުނެއެވެ.
އިންޑިއާއިން އިރުގެ ހާއްސަ ތަހުލީލުތަކެއް ކުރުމަށް ފޮނުވާލި އެ އުޅަނދު މަޑުކޮށްފައިވަނީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުމިނުގެ ހާއްސަ ޕޮއިންޓަކަށެވެ.
އެ އުޅަނދު މަޑުކޮށްފައިވަނީ މިޝަންގެ ނަމުގައިވާ ''އަދިތިޔާ-އެލް1''ގެ އެލް1 ގައެވެ. އެލް1 އަކީ "ލެގްރޭންޖު ޕޮއިންޓް 1" އެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން "ލެގްރޭންޖު ޕޮއިންޓް 1"، އެއީ ދުނިޔެއާއި އިރުގެ ދެމެދުގައި ހިމެނޭ ގްރެވިޓީ ނިމޭ ޕޮއިންޓެވެ. އެ ޕޮއިންޓުގައި ''އަދިތިޔާ-އެލް1'' އަމިއްލައަށް ދައުރުކުރާނެ ކަމަށް އެ އިދާރާގެ ރިޕޯޓުގައިވެއެވެ.
އިރުގެ ހާއްސަ ތަހުލީލަށް އިންޑިއާއިން މިޝަން ފަށާފައިވާ އިރު، އެ ގައުމުން މިދިޔަ އޮގަސްޓު މަހު ވަނީ ހަނދުގެ ދެކުނު ތަނޑިއަށް އުޅަނދެއް ފޮނުވާލައި ހަނދުގެ ހާއްސަ ތަހުލީލުތަކެއް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ