ބަންގުލަދޭޝްގެ ރޭލެއްގައި ރޯވި ހާދިސާއަށްފަހު އެގައުމުގެ އިދިކޮޅު ޕާޓީގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

ބަންގުލަދޭޝްގެ ފުލުހުން ވަނީ އެގައުމުގެ އިދިކޮޅު ޕާޓީ، ބަންގުލަދޭޝް ނެޝަނަލް ޕާޓީގެ ހަތް މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި ހަތް މީހުންގެ ތެރޭގައި އިދިކޮޅު ޕާޓީގެ އިސް ފަރާތެއް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ އެގައުމުގެ ރިޔާސީ އިންތިހާބާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ހާއްސަ މަސައްކަތެއް ފަށައިފައެވެ.

ބަންގުލަދޭޝްގައި މިދިޔަ ހަފުތާގައި ވަނީ އެތައް ސަތޭކަ ބަޔަކު ދަތުރުކުރަމުންދިޔަ ރޭލެއްގައި ރޯކޮށްލައިފައެވެ. އެ ހާދިސާގައި ހަތަރު މީހަކު މަރުވެފައިވާ އިރު، އަށް މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

ބަންގުލަދޭޝްގެ ފުލުހުން ވަނީ އެގައުމުގައި އިންތިހާބާ ދިމާކޮށް ތަންތަނުގައި ރޯކުރަމުން ދަނީ އިދިކޮޅު ޕާޓީގެ މީހުން ކަމަށް ބުނެފައެވެ. އަދި އެފަދަ ޖަރީމާތައް ފަންޑު ކުރަނީވެސް އިދިކޮޅު ޕާޓީން ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ބަންގުލަދޭޝްގައި ބާއްވާ ރިޔާސީ އިންތިހާބު ބޯއިކޮޓް ކުރުމަށް އެގައުމުގެ އިދިކޮޅު ޕާޓީން ވަނީ ނިންމައިފައެވެ.