ސައުދީ އަރަބިއާގެ ހަނަފަސް ސަހަރާއަކަށް ގެއްލުނު މީހަކު ތިން ދުވަސް ފަހުން ފެނިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސައުދީ އަރަބިއާ އާއި ޔޫއޭއީ ގުޅޭ ބޯޑަރު ސަރަހައްދަށް ގެއްލުނު އެ މީހަކީ ޔޫއޭއީއަށް އުފަން އަހުމަދު އަލް މިންހާލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ސަހަރާއަށް ގެއްލުނީ އޭނާ ދުއްވަމުންދިޔަ ކާރުން ތެޔޮ ހުސްވެ، ގުޅޭނެ ގޮތެއް ނެތުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އޭނާ ހޯދުމަށް ގިނަ ބަޔަކު ބައިވެރިވި ނަމަވެސް ގެއްލުނު ސަރަހައްދަކީ 650،000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ކަމުން އޭނާ ހޯދަން ދަތިތަކެއް ކުރިމަތިވިއެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ