ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެއެވެ.
އެ ބޭފުޅުންނަށް ޓިކެޓު ކަށަވަރުވީ އެ ބޭފުޅުން ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ. އެގޮތުން އިބްރާހިމް އަމީރު ވާދަކުރައްވަނީ ތުލުސްދޫ ދާއިރާއަށެވެ. އަމީރު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކުރައްވައިފައެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ފަހަރު އޭނާ ވާދަކުރެއްވީ އޭނާ ނިސްބަތްވާ ގައްދޫ ދާއިރާ އަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވާދަކުރައްވާނީ ސައީދެވެ. އަދި އަކްރަމް ކަމާލުއްދީން ވާދަކުރައްވަނީ މައްޗަށްގޯޅި މެދު ދާއިރާއަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރުއްވަމުން ގެންދަވާ ގޮނޑިއެވެ.
އެ ތިން ބޭފުޅުންގެ އިތުުރުން ބްރޯކްޑާސްޓިން ކޮމިޝަންގެ ކުރީގެ ނާއިބު އަދި ފަހުން އެޗްޑީސީގެ ޑީއެމްޑީ އަކަށް ހުންނެވި އަހްމަދު ގައިސްއަށް ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރުވެފައިވާއިރު، 18 ވަނަ މަޖިލީހުގައި މެންބަރުކަން ކުރެއްވި އަބްދުﷲ ސިނާނަށް ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވެފައެވެ. އެ ދާއިރާއަކީ އޭނާ ކުރިންވެސް ފުރުއްވި ގޮނޑިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު