ޖަޕާން އެއާލައިންގެ ފްލައިޓް މުޑިއެރީ ބިންހެލުމަށްފަހު އެހީގެ ތަކެތި ހިފައިގެން ފުރަން ތައްޔާރުވި ރެސްކިއު ފްލައިޓަކާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އަންގާރަ ދުވަހު 379 ފަސިންޖަރުންނާއެކު ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ހަނީޑާ އެއާޕޯޓަށް ޖައްސަނިކޮށް އެގައުމުގެ ޖަޕާން އެއާލައިންސްގެ ފްލައިޓު ވަނީ ރަންވޭގައި އޮތް ރެސްކިއުފްލައިޓަކާ މުޑި އަރައިފައެވެ.
އޮފިޝަލުން ވަނީ ފްލައިޓު މުޑިއަރާފައިވަނީ ރަންވޭގައި އޮތް ޑޭޝް 8 ގެ މެރިޓައިމް ޕެޓްރޯލް ފްލައިޓަކާ ކަމަށް ބުނެފައެވެ.
ދެ ފްލައިޓު މުޑި އެރުމާއެކު ބާރުގަދަ ގޮވުމެއް ގޮވައި އަލިފާން ރޯވި ކަމަށް އޮފިޝަލުން ބުނެއެވެ.
މުޑިއެރި ރެސްކިއުފްލައިޓުގައި އެވަގުތު ތިބި ހަ މީހުންގެ ތެރެއިން ފަސް މީހުން މަރުވެފައިވާ ކަމަށާއި އެ ފްލައިޓުން ސަލާމަތްވި ފްލައިޓުގެ ކެޕްޓަނަށް އަނިޔާވެ ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ޖަޕާން އެއާލައިންސް އިން ދަތުރުކުރި 379 މީހުންނާއި 12 ކުރޫ އިމަޖެންސީގައި ފްލައިޓުން ނުކުމެފައިވާ އިރު އެވަގުތު އެފްލައިޓުގައި އަލިފާން ރޯވެ ގަދަޔަށް ދުން އަރަމުން ދިޔަކަމަށް އޮފިޝަލުން ބުނެއެވެ. އެފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން 17 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެއެއާލައިން އިން ބުނެއެވެ.
ހާދިސާ ހިނގުމުގެ ސަބަބުން ހަނީޑާ އެއާޕޯޓު ބަންދުކޮށްފައިވާ އިރު، 110 ޑޮމެސްޓިކް ފްލައިޓެއް ކެންސަލް ކުރަން ޖެހުނު ކަމަށް އޮފިޝަލުން ބުނެއެވެ.
ޖަޕާންގެ ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ އިރު، އެތަހުގީގުގައި އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބައިވެރިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ