ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް ބޭނުންވާ ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދުމަށް މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން އިން އިއުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، އެ ކުންފުނިން ހޯދަން ބޭނުންވަނީ އެއާބަސް އޭ330-200ގެ މަތިންދާ ބޯޓެކެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.
އެ ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ޑްރައި ލީސްއަށް ފަސް އަހަރުގެ މުއްދަތަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. ޑްރައި ލީސްއަކީ މަތިންދާ ބޯޓު ކުއްޔަށް ދޫކުރާ ފަރާތުން އެ ބޯޓުގެ މެއިންޓެނެންސާއި ކްރޫއިންގެ ކަންކަން ފަދަ ހިދުމަތްތައް ބަލަހައްޓާ ގޮތަށް އެއްބަސްވެ ކުއްޔަށް ދިނުމެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން މަތިންދާ ބޯޓު ކުއްޔަށް ދޫކުރުމަށް ބިޑު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ކުރިން ބޭންކުރަމުން އައީ އެއާބަސް އޭ321 އަދި އެއާބަސް އޭ320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު