އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދީ ކުއްޖަކު މަރާލައިފިއެވެ.
އޮސްޓްރޭލިއާގެ ދެކުނުން އޮންނަ ޔޯކް ޕެނިންސިއުލާގެ އިތެލް ބީޗުގައި މޫދަށް އެރި އުޅުނު ޒުވާން ކުއްޖާއަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އެކުއްޖާ އެވަގުތު މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.
ބުރާސްފަތި ދުވަހު ހިނގި އެހާދިސާއަށްފަހު އެކުއްޖާގެ ހަށިގަނޑު މޫދުން ނަގައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.
ޔޯކް ޕެނިންސިއުލާގެ އިތެލް ބީޗަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ބީޗެއް ކަމަށާއި ރާޅާއަޅާ ފަރާތްތަކުން ވެސް ކޮންމެ އަހަރަކު ޒިޔާރަތްކުރާ ބީޗެއް ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ބުރާސްފަތި ދުވަހު ހިނގި އެހާދިސާއަކީ އެބީޗުގައި އަދި އަލަށް ހިނގި ހާދިސާއެއް ނަމަވެސް އޮސްޓްރޭލިއާ އަކީ މިޔަރުގެ ހަމަލާތައް ގިނަ ގައުމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ