އިންޑިއާގައި ތިބި އިސްރާއީލު މީހުން ސަމާލުވުމަށް އެލާޓް ނެރެފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އިޒްރޭލުގެ އެމްބަސީ ހިމެނޭ ސަރަހައްދުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން އިޒްރޭލު ސަރުކާރުން ވަނީ އިންޑިއާގައި ތިބި އެގައުމުގެ މީހުން ސަމާލު ވުމަށް ގޮވާލައިފައެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ ހެޑްކުއާޓާސް އިން ވަނީ އިންޑިއާގައި ތިބި އިސްރާއީލުގެ މީހުން ސަމާލުވެ ތިބުމަށާއި އިސްރާއީލު ރަމްޒުކޮށްދޭ އެއްވެސް އެއްޗެއް އާންމު ތަންތަނުގައި ބޭނުން ނުކުރުމަށާއި އެއްވެސް ސޯޝަލް މީޑިއާއެއްގައި އެމީހަކު އުޅޭތަނެއްގެ މައުލޫމާތު ހިއްސާ ނުކުރުމަށް އަންގައި އެލާޓް ނެރެފައެވެ.
އިޒްރޭލު ސަރުކާރުން ނެރެފައިވާ އެލާޓްގައި ވަނީ އިންޑިއާގެ އެއްވެސް ސަރަހައްދެއްގެ އިތުރުން ހާއްސަކޮށް ދިއްލީގައި އުޅޭ އެގައުމުގެ ރައްޔިތުން ސަމާލު ވުމަށް ގޮވާލައިފައެވެ.
މިމަހުގެ ކުރީކޮޅު އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ ހެޑްކުއާޓާސް އިން ވަނީ ކޮންމެހެން މަޖުބޫރުވެގެން ނޫނީ ބޭރު ގައުމުތަކަށް އެގައުމުގެ ރައްޔިތުން ދަތުރު ނުކުރުމަށް އެދިފައެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔެ އެކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލާ އިރު، އިޒްރޭލަށް ނިސްބަތްވާ ތަންތަނަށް ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ