އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ސައުތު ކޮރެއާގެ ފިލްމު "ޕެރަސައިޓް"ގެ ތަރި ލީ ސަންކިޔުން މަރުވެއްޖެއެވެ.
ސައުތު ކޮރެއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދުގެ ވަގުތެއްގައި އޭނާގެ ކާރު ތެރެއިންނެވެ.
އޭނާ ފެނުނު އިރު ކާރުގެ ކުރީ ސީޓުން ޗާކޯލް ބްރިކެޓެއް ފެނިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އޭނާ މަރުވީ އެ ޗާކޯލް ބްރިކެޓުގެ ސަބަބުން ކާބަން މޮނޮކްސައިޑް ވިހަވެގެން ކަމަށެވެ.
ފުލުހުން އަންނަނީ އޭނާގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އޭނާ މަރުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދިފައިވަނިކޮށެވެ. މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެ މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމަށް އެކި ފަހަރު މަތިން އޭނާ ފުލުހަށް ހާޒިރުކޮށްފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހުވެސް 19 ގަޑިއިރު އޭނާއާ ސުވާލުކޮށްފައިވެއެވެ.
"ޕެރަސައިޓް" ގެ އިތުރުން އޭނާ ވަނީ ހާޑް ޑޭ، ސްލީޕް އަދި ކިންގްމޭކާގެ ލީޑް ރޯލުން ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން ކޮފީ ޕްރިންސް އާއި މައި މިސްޓަ އަދި ޕޭބެކް ފަދަ ސީރީޒްތަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން