އިންޑިއާގެ މަނަވަރުތައް އަރަބި ކަނޑުގައި ފޯރިމަރަން ފަށައިފިއެވެ.

އިންޑިއާގެ ނޭވީގެ ހަނގުރާމަ މަތީ ތިން މަނަވަރެއް ވަނީ އަރަބި ކަނޑުގެ ސަލާމަތީ ކަންކަން ބެލުމަށް ފޮނުވައިފައެވެ. އެގޮތުން އިންޑިއާގެ އާމީ އިން ވަނީ އެގައުމުގެ އައިއެންއެސް މޯމުގާއޯގެ އިތުރުން އައިއެންއެސް ކޮޗީ އަދި އައިއެންއެސް ކޮލްކަތާ އަރަބި ކަނޑަށް ފޮނުވައިފައެވެ.

އިންޑިއާގެ ހަނގުރާމަ މަތީ ތިން އުޅަނދުގެ އިތުރުން އެގައުމުގެ ޕެޓްރޯލް އެއާކްރާފްޓެއް ވެސް ވަނީ އަރަބި ކަނޑުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ގުޖުރާތާ 200 ނޯޓިކަލް މޭލު ދުރުން ދަތުރުކުރި ބޯޓަކަށް ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ. އެ ބޯޓަށް ހަމަލާ ދީފައިވަނީ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، އެމެރިކާއިން ވަނީ އެއީ އިރާނުން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އިރާނުން ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުވެސް ކޮށްފައެވެ.

އިންޑިއާގެ ނޭވީގެ އޮފިޝަލުން ވަނީ އަރަބި ކަނޑަށް ފޮނުވާފައިވާ މަނަވަރުތަކަކީ އެސަރަހައްދުގެ މަޝްރަހު ގޯސްވެ އެސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފައެވެ.