އިންޑިއާގައި ހުންނަ އިޒްރޭލުގެ އެމްބަސީ ކައިރީގައި އެއްޗެއް ގޮއްވާލައިފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އިޒްރޭލުގެ އެމްބަސީ ހިމެނޭ ސަރަހައްދު ކައިރިން އެއްޗެއް ގޮއްވާލުމާއެކު އެގައުމުގެ ފުލުހުން ވަނީ އެސަރަހައްދު ބަންދުކޮށް ފާސްކޮށްފައެވެ.
ދިއްލީގެ ފުލުހުންނާއި އެގައުމުގެ ޑޯގް ސްކޮޑްގެ އިތުރުން ބޮން ސްކޮޑްގެ ބޮޑު ޓީމެއް ވަނީ އެމްބަސީ ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ފުލުހުން ވަނީ އިމާރާތް ހިމެނޭ ސަރަހައްދުން އިޒްރޭލުގެ އެމްބަސަޑަރަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެސިޓީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަންގާރަ ދުވަހުގެ ހަވީރު ފަހެއް ޖެހި ވަގުތު އެއްޗެއް ގޮވި ކަމުގެ ރިޕޯޓާއެކު ފުލުހުން ހިންގި ތަހުގީގުން އެއްވެސް ބާވަތެއްގެ ގޮވުމެއް ގޮވި ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ފުލުހުން ފަހުން ވަނީ ބުނެފައެވެ.
ދިއްލީގެ ފުލުހުން ވަނީ އިޒްރޭލު އެމްބަސީ ހިމެނޭ އެސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ