ނުފެށި ދިގުލައިގެން ގޮސްފައި އޮތުމަށްފަހު މިއަދު ގައުމީ ފުޓުބޯޅަ ދަނޑުގައި ފެށި ދެވަނަ ޑިވިޝަނުގެ ފުރަތަމަ މެޗުގައި މަސްއޮޑި ސްޕޯޓްސް ކްލަބުން މަހިބަދޫ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައިފިއެވެ.
މަސްއޮޑިން މިއަދުގެ މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ ދެވަނަ ޑިވިޝަނަށް ކޯޗު މުހައްމަދު އާތިފް (އާތީ)އާއެކު ދެވަނަ ޑިވިޝަނަށް ތައްޔާރުވި މަސްއޮޑި ޓީމުން ކުރިން ފުރަތަމަ ޑިވިޝަނަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި މީގެ ދޮޅު އަހަރު ކުރިން ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރި ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެއެވެ. އޭގެ އިތުރުން އަލީ ސާމިސް (ތޮއްޕެ) ވެސް އެޓީމުން ފެނިގެން ދިޔައެވެ.
އިއްބެ މިއަދު ކުޅުނު މެޗަކީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗަށް ފަހު އޭނާ ކްލަބު ފުޓުބޯޅައިގައި ކުޅުނު ފުރަތަމަ މެޗެވެ. އިއްބެއަށް ކްލަބު ފުޓުބޯޅައިގެ ފުރުސަތު ގެއްލުނީ ވެލެންސިއާއަށް ބަދަލުވެ، އެ ކްލަބުގެ މާލީ ހާލަތު ހުރިގޮތުން ރަޖިސްޓްރީ ނުވެވިގެންނެވެ. އޭގެފަހުން އިއްބެ ވަނީ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައެވެ.
މިއަދުގެ މެޗުގެ 38 ވަނަ މިނެޓުގައި މަސްއޮޑިން ލީޑު ނެގީ އިއްބެ ޖެހި ގޯލުންނެވެ. އޭގެފަހުން ދެވަނަ ހާފަށް ނުކުމެ، ފަހު ކޮޅުގައި މަސްއޮޑިން އިތުރު ތިން ގޯލު ޖެހި އިރު، ގޯލުތައް ޖެހީ އަބްދުﷲ ޒިޔާން (ޖަންކީ) އާއި އިސްލާމް ފިކްރީ އަދި ހުސައިން ޝަރީފެވެ.
މުބާރާތުގައި މާދަމާ ހަވީރު 3:50 ގައި ފަށާ މެޗުގައި، ބީޖީ ސްޕޯޓްސް ކްލަބް ކުޅޭނީ ޓެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް