ޖަލުގައި ހުއްޓައި ގެއްލުނު ރަޝިޔާގެ ލީޑަރު ފެނިއްޖެއެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވައިނީ، ޖަލުގައި ހުއްޓައި ގެއްލުނުތާ ދެ ހަފުތާގެ ފަހުން ފެނިފައިވާ ކަމަށް އެލެކްސީ ނަވައިނީގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
ތަރުޖަމާނު ވަނީ އެލެކްސީގެ ހަބަރު ވެފައި ނުވަނީ ޖަލުގެ ފަރާތުން އެލެކްސީއާ ބައްދަލުވުމަށް ހުރަސް އެޅުމާ ގުޅިގެން ކަމަށް ބުނެފައެވެ.
އެލެކްސީގެ ލޯޔަރު ހޯމަ ދުވަހު ވަނީ އެލެކްސީއާ ޖަލުން ބައްދަލުކޮށްފައެވެ. އެލެކްސީގެ ހާލު ރަނަގަޅު ކަމަށްވެސް ލޯޔަރާ ހަވާލާދީ ތަރުޖަމާނު ވަނީ ބުނެފައެވެ.
އެލެކްސީގެ ލޯޔަރު ވަނީ 11 ޑިސެމްބަރުގެ ފަހުން އެލެކްސީގެ ހަބަރު ނުވެގެން އެކި ގޮތް ގޮތުން ބަލާފައިވާ ކަމަށް ބުނެފައެވެ. އަދި މިއީ މިހާތަނަށް މީގެ ކުރިން ދިމާވެފައި ނުވާ ކަމެއް ކަމުގައި ލޯޔަރު ފާހަގަކޮށްފައިވެއެވެ.
އެލެކްސީގެ އަޑު އެހުންތައް ކޯޓުގައި ތާވަލްކުރި ނަމަވެސް އޭނާ ހާޒިރު ނުކުރާ ކަމަށްވެސް ލޯޔަރު ވަނީ ބުނެފައެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވައިނީ ގެއްލިފައިވަނީ ރަޝިޔާގެ މިހާރުގެ ރައީސް ވްލަޑިމިއަ ޕޫޓިން ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލާނެ ކަމަށް އިއުލާން ކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސީ ގެއްލުމުގެ ފަހަތުގައި ޕޫޓިން ގެ އަތެއް ވާނެ ކަމަށް ތުހުމަތު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ