ކޮވިޑް-19ގެ އާ ވޭރިއަންޓު ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޖިއްޖެއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރު ކަމަށްވުމުން ގިނަބަޔަކު ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ކަމަށެވެ. އަދި މިއީ ރާއްޖެއިން އުމްރާއަށް ގިނަ އަދަދެއްގެ މީހުން ގޮސް އައިސް ހަދާނެ ދުވަސްވަރެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
"އެހެން އަަހަރުތަކެކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ކޮވިޑް-19ގެ އާ ވޭރިއަންޓު 'ޖޭއެން-1' ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި، ކޮވިޑް-19 ފެތުރުން އިތުރުވެފައިވެއެވެ..،" އެޗްޕީއޭ އިން ބުންޏެވެ.
- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން/ޓިޝޫ އަކުން ނިވާކުރުން
- އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން، ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން
- ރޯގާ ޖެހި ކެއްސާ ނަމަ، އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކު އެޅުން އަދި މީހުން އެއްވާ ތަންތަނަށް ނުދިއުމާއި، އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން، ބަލީގެ އަލާމަތެއް ހުރިނަމަ ކުޑަކުދިންނާ ގާތްނުވުން
- ބަލިވެގެން ޑޮކްޓަރަށް ދައްކަންދާއިރު ވީހާވެސް މަދުމީހުން ބަލިމީހާއެކު ދިއުން، ބަލިޖެހިގެން ހުރެ މީހުންނަށް ޒިޔާރަތްނުކުރުން
- ރޯގާ ޖެހި، ގިނަ ދުވަސްވާނަމަ ޑޮކްޓަރަށް ދެއްކުން އަދި މީހުންނާ އެކަހެރިވުން
- އުމުރުން ދުވަސްވީ މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން
- ގިނައިން ދިޔާތަކެތި ބޭނުންނުކުރުން
- އަރާމުކުރުން
- ލުނބޯ ފަނި، ސައި، އިނގުރު ސައި، އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ފެރެސްޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރަންވާނީ ޑޮކްޓަރުގެ ލަފާގެ މަތިން
ޚަބަރު
ޚަބަރު
ޚަބަރު