އިންޑިއާ ކައިރިން ދަތުރުކުރި އިޒްރޭލަށް ނިސްބަތްވާ ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

އިންޑިއާގެ ގުޖުރާތާ 200 ނޯޓިކަލް މޭލު ދުރުން ދަތުރުކުރި އެބޯޓަށް ހަމަލާ ދިން އިރު، އޭގައި އިންޑިއާގެ 20 ފަޅުވެރިން ތިބި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބޯޓަށް ހަމަލާދީފައި ވަނީ ޔަމަނުގެ ހޫތީން ކަމަށް ބެލެވޭ ނަމަވެސް، އެއްވެސް ބަޔަކު އަދި އެހަމަލާގެ ޒިންމާ ނުނަގާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބޯޓަށް ދިން ހަމަލާއާ އެކު ބޯޓުގައި އަލިފާން ރޯވި ނަމަވެސް އެއްވެސް ފަޅުވެރިޔަކަށް އަނިޔާވެފައި ނުވާ ކަމަށް އިންޑިއާގެ ނޭވީއިން ބުންޏެވެ.

ހަމަލާގެ މައުލޫމާތާއެކު އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރެއްގެ އިތުރުން ރެސްކިއު މަތިންދާ ބޯޓެއް އެސަރަހައްދަށް ވަނީ ފޮނުވައިފައެވެ.

ހަމަލާ ދީފައިވާ އެބޯޓަކީ މަލްޓާގެ ބޯޓެކެވެ. ނަމަވެސް އެބޯޓު އޮޕަރޭޓު ކުރަނީ އިޒްރޭލަށް ނިސްބަތްވާ ކުންފުންޏަކުން ކަމަށް އޮފިޝަލުން ބުނެއެވެ.