ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްގެން މިއަދު ކުރިއަށްގެންދަން މަސައްކަތްކުރި މަޖިލިސް ކޮމިޓީ ކުރިއަށްގެންދަަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން މަޖިލިސް ބައްދަލުވުން ކެންސަލް ކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަމުން ގެންދަނީ ރައްޔިރުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ފާސްކޮށް މީގެ ކުރިންވެސް އެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ނަމަވެސް އެ މިނިސްޓަރުން ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ އާއި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ރުހުން ދިނުމަށް ނުފެންނަ ކަމަށް، ކޮމިޓީން ނިންމާފައި ނުވާތީ، މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ފުރިހަމައަށް ނިންމާފައިނުވާ ކަމަށް މަޖިލިސް ތަޅުމުން ފާސްކޮށްގެން މިމަހު 18 ވަނަ ދުވަހު އަލުން އަނބުރާ އެ މައްސަލަ ކޮމިޓީއަށް ފޮނުވައިލިއެވެ.
އެކަމާ ގުޅިގެން އެ މައްސަލައާ މެދު އަލުން ކޮމިޓީން ގޮތެއް ނިންމުމަށް، މިއަދު ހެނދުނު 9:00 އަށް އެ މައްސަލަ ކޮމިޓީއަށް ތާވަލްކުރިއެވެ. ޝެޑިއުލް ކޮށްފައި އޮތީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅޭގޮތުން މަޖިލީހުން ކޮމިޓީއަށް އަނބުރާ ފޮނުވި ރިޕޯޓަށް ގޮތެއް ނިންމުމަށެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގަތީ އެންމެ ތިން މެމްބަރުންނެވެ. ހަތަރު މެމްބަރުން ބައިވެރިވެވަޑައިގެންނެވިނަމަ ވެސް މައްސަލަ ކުރިއަށްގެންދާ ވަރަށް ކޯރަމް ލިބުނީހެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން މިއަދުގެ ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ ހަފުތާގައި ވަނީ މިނިސްޓްރީތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަން މަޖިލީހުގެ އިދާރާއަށް ފޮނުވައިފައެވެ.
- މުގައްރިރު މާފަންނު ހުނޅަގު ދާއިރާގެ، މުހައްމަދު ފަލާހު (އެމްޑީޕީ)
- މުގައްރިރުގެ ނާއިބު މަނަދޫ ދާއިރާގެ، އަހުމަދު ހާރޫނު (އެމްޑީޕީ)
- މާފަންނު ދެކުނު ދާއިރާ، އާދަމް އަލީ (އެމްޑީޕީ)
- ވައިކަރަދޫ ދާއިރާ، ހުސައިން ޒިޔާދު (އެމްޑީޕީ)
- ކާށިދޫ ދާއިރާ އަބްދުﷲ ޖާބިރު (އެމްޑީޕީ)
- އިހަވަންދޫ ދާއިރާ، މުހައްމަދު ޝިފާއު (އެމްޑީޕީ)
- ކުޅުދުއްފުށި އުތުރު ދާއިރާ، ޔާސިރު ޢަބްދުއްލަތީފް (އެމްޑީޕީ)
- މަހިބަދޫ ދާއިރާ އަހްމަދު ތޯރިގް (ޕީޕީއެމް)
- ތިމަރަފުށި ދާއިރާ، އަބްދުﷲ ރިޔާޒް (އެމްއެންޕީ)
- ހިތަދޫ މެދު ދާއިރާ، އަހްމަދު ރަޝީދު (ޑީއީއެމް)
- މަޑަވެލި ދާއިރާ، ހުސައިން ފިރުޝާން (ޑީއީއެމް)
- ތުލުސްދޫ ދާއިރާ، އިބްރާހީމް ނަސީމް (ޕީއެންސީ)
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު