48 އަހަރު ޖަލުގައި ހުރި މީހަކު ކުށް ސާބިތުނުވެ މިނިވަންވެއްޖެއެވެ.

އެމެރިކާގެ އުމުރުން 70 އަހަރުގެ ގްލީން ސިމޮންސް ނަމަކަށް ކިޔާ އެމީހާ މިނިވަން ވެފައިވަނީ އޭނާގެ ލޯޔަރު އެ މައްސަލަ އަލުން ތިލަކޮށް ކޯޓުގައި ސިމޮންސްގެ ކުށެއް ނެތްކަން ސާބިތުކުރުމުންނެވެ.

ސިމޮންސް އަށް ހުކުމް ކޮށްފައިވަނީ 1974 ވަނަ އަހަރު އެމެރިކާގެ އޮކްލަހޯމާ ސިޓީގައި ހުންނަ ފިހާރައަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި މީހަކު މަރުވި މައްސަލައެއްގައެވެ.

މައްސަލަ ތަހުގީގު ކޮށް 1975 ވަނަ އަހަރު ސިމޮންސްގެ އުމުރުން 22 އަހަރުގައި ވަނީ މެރުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އޭނާގެ އަދަބު އުމުރުދުވަހަށް ޖަލަަށް ލުމަށް ބަދަލު ކޮށްފައެވެ.

ސާޅީސް އަށް އަހަރު ފަހުން ޖަލުން ސަލާމަތްވުމާއެކު ސިމޮންސް ވަނީ އޭނާއަށް ކުރި ހުކުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓުގައި އެދިފައެވެ.