އައިޖީއެމްއެޗް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުގެ ރޫޓް ކޯޒް ދެނެގަނެވިއްޖެ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
މަގާމާ ހަވާލުވެލެއްވުމަށް ފަހު "ވަން' އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތްތަކުގެ ޝަކުވާ މަގާމާ ހަވާލިވެވަޑައިގެންނެވުމުގެ ކުރިން އާންމުންގެ ފަރާތުން ފާހަގަވެފައިވާ ކަމަށެވެ. އަދި މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، މިހާރު އެ މައްސަލަތަކުގެ ގޮންޖެހުންތަކުގެ ރޫޓް ކޯޒް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް އެޓެންޑު ކުރަމުން މި ދަނީ މި ގޮންޖެހުންތަކުން އަރައިގަނެވޭނެ ހައްލުތަކެއް ހޯދަން،" ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ މަސައްކަތްކުރަނީ އައިޖީއެމްއެޗްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ހުރި ދަތިތައް ދެނެގަނެ، އެކަންކަމަށްވެސް ފަސޭހަގޮތެއް ހޯދުމަށް ކަމަށެވެ. އަދި އެކަމަށް ރައީސް އޮފީހާއި ހެލްތު މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެކި ވަގުތުތަކުގައި ބައްލަވާ ޑޮކްޓަރުން މަދުވުމާއި ބަައްލަވާ ގަޑިތައް ލަސްވުން ފަދަ ކަންކަމުގައި އާންމު ބަލިތަކަށް ޑޮކްޓަރަށް ދައްކަން ދާ މީހުންގެ ޝަކުވާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަންކަމަށް އެޓެންޑުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑޮކްޓަރުންނަކީ އެޑްމިޓުކޮށްފައި ތިބޭ މީހުންނަށްވެސް އެޓެންޑުވާ ބައެއް ކަމަށާއި ކޮންމެ ދުވަހަކުވެސް އެމީހުންގެ ހާލަތު ދެނެގަތުމަށް ރައުންޑުތައް އަޅާކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ އެއީވެސް ޑޮކްޓަރުން ބެލުން ލަސްވާ ކަމެއް ކަމަށެވެ. އެ ހުރިހާކަމެއްވެސް ފައްތަން ޖެހެނީ ޑޮކްޓަރު ޑިއުޓީގައި އުޅޭ ވަގުތުތަކުގައި ކަމަށް ވުމާއެކު އެކަންކަމަށް ދަތިތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.
"ވަން" އަށް ދެއްވި އިންޓަވިއުގައި ހަލީމް ވަނީ އައިޖީއެމްއެޗަށް އިތުރު ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ. ހަލީމް އެކަން ފާހަގަކުރެއްވީ އައިޖީއެމްއެޗުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކާ މީހުންގެ ކިއު ދިގުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު