ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފުގެ ކޮއްކޯފުޅު އަދި މަޝްހޫރު ޕްރެޒެންޓަރު އިބްރާހިމް ޒިޔާއު މުހައްމަދު ހަމަޖައްސައިފިއެވެ.
ޒިޔާއު މިހާތަނަށް ހުންނެވީ ބީސީސީގެ ހެޑް އޮފް އައުޓްރީޗްގެ މަގާމުގައެވެ. ޒިޔާއު ފުރަތަމަ ވަޒީފާ އަދާކުރެއްވީ ސިއްހީ ދާއިރާގައެވެ. އެގޮތުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ވެރިޔާގެ މަގާމު އޭނާ ވަނީ ކުރައްވައިފައެވެ.
ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކަށް މިހާރު ވަނީ މެނޭޖިން ޑިރެކްޓަރުން އައްޔަންކޮށްފައެވެ. އެގޮތުން މިއަދު ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށްވެސް ބޭފުޅަކު ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު