އޮސްޓްރޭލިއާގެ ''އެންމެ ނުލަފާ މަންމަ''ގެ ނަމުން މަޝްހޫރުވެފައިވާ މީހާ ޖަލުން ދޫކޮށްލައިފިއެވެ.

އޮސްޓްރޭލިއާގެ ސައުތު ވޭލްސް އަށް އުފަން އުމުރުން 56 އަހަރުތެ ކެތްލީން ފޯލްބިގް ޖަލަށް ލާފައިވަނީ 1989 ވަނަ އަހަރާއި 1999 ވަނަ އަހަރާއި ދެމެދު އޭނާ ވިހެއި ހަތަރު ކުދިން މަރާލި ކަމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ސައުތް ވޭލްސްގެ ސުޕްރީމް ކޯޓުން ވަނީ އޭނާއާ ދެކޮޅަށް ހުރި ހެކި ތަކަކީ އޭނާގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނަ ވަރުގެ ހެކިތަކެއް ނޫންކަމަށް ބުނެ ދޫކޮށްލުމަށް ހުކުމް ކޮށްފައެވެ.

ކެތްލީން ޖަލުން މިނިވަން ކޮށްފައިވަނީ އޭނާ ޖުލުގައި 20 އަހަރު ހޭދަކުރި ފަހުންނެވެ.

އޮސްޓްރޭލިއާގައި ''އެންމެ ނުލަފާ މަންމަ''ގެ ނަމުން ކެތްލީން އަށް ނަން ދީފައިވަނީވެސް އޭނާކުރި އަމަލު އޭރު ސާބިތުވެ ޖަލަށް ލުމާގުޅިގެންނެވެ.

ކެތްލީން އަށް 2003 ވަނަ އަހަރު ކޮށްފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ މިނިވަން ވުމާއެކު ލޯޔަރުން ވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.