ނާސާގެ ޖައްވީ އުޅަނދަކާ ގުޅުން ކެނޑިއްޖެއެވެ.

ނާސާގެ ޖައްވީ އުޅަނދު "ވޮއޭޖާ 1" ގުޅުން ކެނޑިފައިވަނީ ކީއްވެތޯ ބަލައި އެކަން ހައްލު ކުރުމަށް ނާސާގެ އިންޖިނިއަރުން ވަނީ މަސައްކަތް ފަށާފައެވެ.

46 އަހަރު ވެފައިވާ އެ އުޅަނދަކީ ދުނިޔެއާއި އެންމެ ދުރުގައިވާ އުޅަނދު ކަމަށް ނާސާގެ އޮފިޝަލުން ބުނެއެވެ.

"ވޮއޭޖާ 1" އާއި ހަވާލު ކުރެވިފައިވާ މަސައްކަތް ކުރާއިރު ދުނިޔެއާއި އެއުޅަނދާ ދެމެދު 15 ބިލިއަން މޭލު ހުންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

"ވޮއޭޖާ 1" އާއި "ވޮއޭޖާ 2" ދެމެދު 3 ބިލިއަން މޭލު ހުންނާނެ ކަމަށް ނާސާއިން ބުނެއެވެ. މިދެ އުޅަނދަކީ ދުނިޔެއާ އެންމެ ދުރުގައި ދައުރުކުރަމުން އަންނަ ދެ އުޅަނދެވެ.

ނާސާއިން ވަނީ "ވޮއޭޖާ 1"ގައި މައްސަލައެއް އުޅޭކަމުގެ ސިގުނަލް މިދިޔަ މަހުގެ 14 ވަނަ ދުވަހު ލިބިފައިވާ ކަމަށްވެސް ބުނެފައެވެ.