ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އިތުރު 13 ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ބޭފުޅުން މަގާމުގެ ފަތްކޮޅު އަރުވައިފައެވެ.
- މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް - ޝެރީނާ އަބްދުއްސަމަދު، ސ. މަރަދޫ، ސަނީޑޭލް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ
- މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން - އާއިޝަތު ސަފޫރާ، ސ. ފޭދޫ، އީރާނުގެ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު - މުހައްމަދު ޒަހީން، ހއ. ކެލާ، އުފަންވެލި
- މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ޓޫރިޒަމް - އަހުމަދު ނާޒިމް މުހައްމަދު، ގއ. ދެއްވަދޫ، ނާރެސް
- މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް - އަބްދުﷲ ސައުދާން، މ. ޕެޓީބާޑް
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް އަޒުރާ އަހުމަދު، މ. ހުކުރަދިގެ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަހުމަދު އާތިފު، އއ. ފެރިދޫ، ޝަބްނަމްގެ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ
- މިނިސްޓާ އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - އަބްދުއްލަޠީފް އަހުމަދު ، ދަފްތަރު. ނަންބަރު ރސ 2345
- މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް - މުހައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110
އެ ބޭފުޅުންނާއެކު ސްޓޭޓް މިނިސްޓަރުންގެ އަދަދު މިހާރު ވަނީ 54 އަރައިފައެވެ. ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި 68 ބޭފުޅަކު ވަނީ އައްޔަން ކުރައްވައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގެ އަދަދު 700 އަށްވުރެ އިތުރުނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު