އަންނަ އަހަރު ލަންކާއަށް މުއްސަނދި ފަތުރުވެރިން ގެންދިއުމަށް ޕްލޭންކޮށްފިއެވެ.
ލަންކާގެ ނެޝަނަލް އިކޮނޮމިކް އެންޑް ފިޒިކަލް ޕްލޭންސް އިން ބޭއްވި ބައްދަލުވުމެއްގައި ވަނީ އަންނަ އަހަރަށް ކަނޑައަޅާފައިވާ، އެގައުމަށް ފަސް މިލިއަން ފަތުރުވެރިން ގެންދިއުމުގެ އަމާޒަށް ވާސިލުވުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ މަޝްވަރާގައި އެ ގައުމަށް މުއްސަނދި ފަތުރުވެރިން ގެންދިއުމަށް މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.
ލަންކާއިން އެ ގައުމަށް މުއްސަނދި ފަތުރުވެރިން ގެންދިއުމަށް އަމާޒު ހިފާފައި މިވަނީ އެފަދަ ފަތުރުވެރިންގެ ސަބަބުން ލަންކާ އިތުރަށް ޕްރޮމޯޓުވެ އެގައުމަށް އިތުރު ފަތުރުވެރިން އަންނާނެ ސަބަބަކަށް އެކަން ވާނެތީކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގައި އަންނަ އަހަރުން ފެށިގެން ހޯމް ސްޓޭ ޓުއަރިޒަމް ވެސް ތައާރަފު ކުރުމަށް ނިންމާފައިވެއެވެ.
ލަންކާގެ ފަތުރުވެރިކަމާބެހޭ އޮފިޝަލުން ވަނީ އެ ގައުމުގެ އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ. އެގޮތުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ. އެގޮތުން ފަތުރުވެރިންނާއި ގުޅުން ހުރި ކަންކަމުގައި ހަރަކާތްތެރިވާ އާންމުންނަށް ހާއްސަ ތަމްރީނެއް ދިނުމަށް ނިންމާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ