ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވައިނީ، ޖަލުގައި ހުއްޓައި ގެއްލިއްޖެއެވެ.

އެލެކްސީ ނަވައިނީގެ ލޯޔަރު ވަނީ އެލެކްސީއާ ގުޅޭގޮތް ނުވާކަމަށާއި ޖަލުގެ އޮފިޝަލުން ވެސް އެކަމުގައި ޖަވާބެއް ނުދޭކަމަށް ބުނެފައެވެ.

އެލެކްސީ ބަންދުކޮށްފައި ހުރި ޖަލު ހުންނަނީ ވެރިރަށް މޮސްކޯ އާއި 150 މޭލު ދުރުގައި ހުންނަ ހާއްސަ ސަރަހައްދެއްގައެވެ.

އެލެކްސީ 19 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގައެވެ. އޭނާގެ މައްޗަށް ވަނީ މުޖުތަމައުގައި ހައްދުފަހަނައެޅުން ޕްރޮމޯޓު ކުރުމުގެ އިތުރުން އެފަދަ ފަރާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭކަމުގެ ކުށް ސާބިތުވެފައެވެ.

19 އަހަރުގެ ހުކުމެއް އެލެކްސީއަށް ކުރި އިރު އޭނާ އެރިއުވެސް ދިޔައީ 11 އަހަރާއި ހަމަސް ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަކުރަމުންނެވެ. އޭރު އޭނާއަށް ހުކުމް ކޮށްފައިވަނީ ފްރޯޑު ހިންގުން ފަދަ ކުށްތައް ސާބިތުވެގެންނެވެ.

އެލެކްސީއަށް ތާއީދު ކުރާ މީހުން ވަނީ އޭނާއަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެއީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް ބުނެފައެވެ.