އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރަގައި އިތުރު ދެ ބޭންކަކުން ބައިވެރިވެ ހިދުމަތް ދޭން ފަށައިފިއެވެ.
ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭއިން ކުރިއަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި ފަވަރަގައި އަލަށް ބައިވެރިވީ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ދެ ބޭންކުން ފަވަރައަ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލެޓް ޓެސްޓިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން ފަވަރަގެ އެންމެހޭ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ބީއޯސީ އާއި އެމްސީބީ ހިމެނޭހެން ފަވަރަގެ ހިދުމަތް މިހާރު ޖުމުލަ ފަސް ބޭންކެއް މެދުވެރިކޮށް ލިބެއެވެ. ފަވަރައިން ހިދުމަތް ލިބޭ އަނެއް ތިން ބޭންކަކީ ބީއެމްއެލް، އެމްއައިބީ، އެސްބީއައި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު