ތުރުކީގައި އެކްސިޑެންޓެއް ވުމުން ފިލީ ސޯމާލިއާގެ ރައީސްގެ ދަރިކަލުން ކަމަށް އޮފިޝަލުން ބުނެފިއެވެ.
ތުރުކީގައި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވެފައިވާ އިރު، އެކަމުގައި ސޯމާލިއާގެ ރައީސްގެ ދަރިކަލުން މުހައްމަދު ހަސަން ޝެއިހް މުހައްމަދުގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގުން އެނގެއެވެ.
ތުރުކީގެ ފުލުހުން ބުނީ އެކްސްޑެންޓް ހިނގުމާއެކު އޭނާ އެގައުމު ދޫކޮށް ފިލާފައިވާ ކަމަށާއި އޭނާ ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ އެރެސްޓް ވޮރެންޓެއް ނެރެފައިވާ ކަމަށެވެ.
ތުރުކީގެ ވެރިރަށް އިސްތަންބޫލްގެ މޭޔަރު އިކްރާމް އިމަމުގުލޫ ވަނީ އެމީހާ ފިލާފައިވަނީ އެގައުމުގެ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށް ވިދާޅުވެ، ތުހުމަތުތަކެއް ކުރައްވައިފައެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ޝެއިހް މުހައްމަދު ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެހެން ސައިކަލެއްގައި ޖެހި، ސައިކަލު ދުއްވަން އިން މީހާއަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ފުލުހުން ބުނެއެވެ. އެމީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ޝެއިހް މުހައްމަދު ދިރިއުޅުނު އެޕާޓްމަންޓް، އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް ފާސްކޮށްފައިވާ ކަމަށާއި އޭނާ ފިލާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ