އިޓަލީގެ ރޯމްގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކު މަރުވެއްޖެއެވެ.
ރޯމްގެ ސަން ޖިއޮވަނީ އިވަންގެލިސްޓާ ހޮސްޕިޓަލުގައި އަލިފާން ރޯވުމާއެކު އެ ހޮސްޕިޓަލުގައި ތިބި 200 އަށްވުރެ ގިނަ މީހުން ނެރެ، ހޮސްޕިޓަލު ހުސްކޮށްފައިވާ ކަމަށް އިޓަލީގެ ފަޔާ ބްރިގޭޑްސް އިން ބުނެއެވެ.
އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި، ހޮސްޕިޓަލުގެ މޯޗަރީއާއި ކްލިނިކްގެ އިތުރުން ބަދިގެ ސަރަހައްދުގައި ހިނގި އެއަލިފާންގަނޑު ފެތުރި، ހޮސްޕިޓަލުގެ ބޮޑު ބައެއް ރޯވިއެވެ.
އޮފިޝަލުން ބުނީ ހަދިސާގައި މަރުވި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވަނީ ފުއްޕާމެއަށް ދުމުގެ އަސަރުކޮށްގެން ކަމަށެވެ. އަދި އެކަކު މަރުވީ އެވަގުތު ހާޓްއެޓޭކްއެއް ޖެހިގެން ކަމަށާއި އަނެއް މީހާ މަރުވީ ފިހުމުގެ ސަބަބުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި 134 މީހަކު ވަނީ އެ ސަރަހައްދާ ކައިރި ހޮސްޕިޓަލުތަކަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަލަށް އުފަންވި ތުއްތު ކުދިން ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
އިޓަލީގެ ފަޔާ ބްރިގޭޑްސް އިން ބުނީ އަލިފާންގަނޑު ނިއްވާލުމަށް ޖުމުލަ ފަސް ގަޑިއިރަށްވުރެ ގިނައިރު ހޭދަވި ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ