ގެރި ގުއިން އުފެއްދި ތެޔޮ ބޭނުންކޮށްގެން ޖަޕާނުން ޖައްވަށް ރޮކެޓެއް ފޮނުވައިފިއެވެ.

ޖަޕާނުގެ ޖައްވީ އިދާރާއިން އަމާޒު ހިފާފައިވާ ރައްކާތެރި ގޭސް ބޭނުންކޮށްގެން ޖައްވީ ޕްރޮގްރާމުތައް ހިންގުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިވަނީ ގެރި ގުއިން ގޭސް އުފައްދައި އެ ތެޔޮ ބޭނުންކޮށްގެން ޖައްވަށް ރޮކެޓެއް އުދުއްސައި، ޓެސްޓެއް ކޮށްފައެވެ.

ޖަޕާނުން ކުރިއަށްގެންދިޔަ ރޮކެޓް ޓެސްޓު ކާމިޔާބު ވެފައިވާ އިރު، ފުރަތަމަ ރޮކެޓް ވަނީ ޖަޕާނުގެ އުތުރުން އޮންނަ ޓައިކީގައި އުދުއްސާލައިފައެވެ.

ގެރި ގުއި ބޭނުންކޮށްގެން ޖަޕާނުން ވަނީ "ބަޔޯމީތޭން" ވެސް އުފައްދައިފައެވެ. ބަޔޯ މީތޭން އުފައްދާފައިވަނީ އެގައުމުގެ ގެރި ފާމްތަކުން އުފެދޭ ގެރިގުއި ބޭނުންކޮށް، އޭގެން އުފެދޭ ގޭސް ބޭނުންކޮށްގެންނެވެ.

ޖަޕާނުގެ ޖައްވީ އިދާރާގެ އޮފިޝަލުން ވަނީ މިއީ އަގުހެޔޮ އަދި ތިމާވެއްޓާ އެހާމެ ރައްކާތެރި ގޮތެއް ކަމަށް ބުނެފައެވެ.