ސައުދި އަރަބިއާގެ އަސްކަރީ ޖެޓެއް ވެއްޓި ދެ މީހުން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ސައުދީ އެއާފޯސްގެ އެފް15 މަރުކާގެ އެ ޖެޓު ވެއްޓުނީ ސައުދީގެ ދަހްރާންގެ ކިންގް އަބްދުލް އަޒީޒް އެއާ ބޭސްގައި ކުރިޔަށްދިޔަ ތަމްރީނުތަކެއްގައި ކަމަށެވެ. އެ ހާދިސާގައި މަރުވީ ޖެޓުގައި ތިބި ސިފައިންގެ ދެ މީހުން ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް ފަށާފައިވާއިރު ޖެޓު ވެއްޓެން ދިމާވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.