ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު ރައީސް އޮފީހުން އުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ އުސޫލަށް ގެޒެޓުކުރާ ތާރީހުން ފެށިގެން އަމަލު ކުރާނެއެވެ. އެ އުސޫލު ގެޒެޓުކުރީ އިއްޔެއެވެ.
ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލެއް އެކުލަވައިލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 28 ޖެނުއަރީ 2019 ވަނަ އަހަރުއެވެ.
އެ އުސޫލު އެކުލަވާލީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
އެ އުސޫލުގެ ބޭނުމަކީ ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑުކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ. އެ އުސޫލު އެގޮތަށް އޮތުމުން ގިނަ ބައެއްގެ ފާޑިކިޔުންވެސް އޭރުގެ ސަރުކާރަށް އަމާޒުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު