ދުބާއީ ޑިއުޓީ ފްރީ ގުރުއަތުން، ދިވެއްސަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.
މިލީނިއަމް މިލިއަނާ ލަކީ ޑްރޯގައި އެެއް މިލިއަން ޑޮލަރު ލިބިފައިވަނީ އަހުމަދު ނާސިރު ނަމަކަށް ކިޔާ ދިވެއްސަކަށެވެ. އޭނާގެ ކޫޕަން ނަމްބަރަކީ 1174 ކަމަށް އޮފިޝަލުން ބުނެއެވެ.
އެ ލަކީޑްރޯގައި ނާސިރު ބައިވެރިވެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އޮފިޝަލުން ވަނީ އަހުމަދު ނާސިރާ އަދި ގުޅޭގޮތެއް ވެފައިނުވާ ކަމަށް ބުނެފައެވެ.
މިއީ 1999 ވަނަ އަހަރުން ފެށިގެން ދުބާއީ ޑިއުޓީ ފްރީގައި ބާއްވާ އެ ލަކީޑްރޯގައި ދިވެއްސަކު ހޮވުނު ފުރަތަމަ ފަހަރެވެ.
މިއަދު ކުރިއަށްދިޔަ އެ ގުރުއަތު ނެގުމުގައި ދެން ހޮވުނު ފަރާތްތަކަށް ވަނީ ލަގްޒަރީ ސައިކަލުތަކެއް ދީފައެވެ. ފުރަތަމަ ސައިކަލަކަށް ހާލީ ޑޭވިންސަންއެއް ލިބިފައިވަނީ އަޒަރްބައިޖާންގެ ރައްޔިތަކަށެވެ. އަދި ބީއެމްޑަބްލިއު ސައިކަލު ލިބިފައިވަނީ އިންޑިއާ ރައްޔިތަކަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ