އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި 22 މީހުން މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ މައުންޓް މަރާޕީ ގޮވި ވަގުތު އެފަރުބަދައަށް އެރުމުގެ މަސައްކަތް ކުރި މީހުންގެ ތެރެއިން 22 މީހަކު މަރުވެފައިވާ އިރު، 10 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ގެއްލުނު މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މައުންޓް މަރާޕީ ގޮވި ވަގުތު 75 މީހަކު އެފަރުބަދައަށް އަރަމުން ދިޔަ ކަމަށާއި އޭގެތެރެއިން 12 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މައުންޓް މަރާޕީ ގޮވާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ސަލާމަތީ ސަބަބުތަކައްޓަކައި އެސަރަހައްދު ބަންދު ކުރުމަށްފަހު އަލުން ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ފަރުބަދަ ހުޅުވާލި ނަމަވެސް ރައްކާތެރި ނޫން ކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ. އޮފިޝަލުން ވަނީ މައުންޓް މަރާޕީ އަދިވެސް އެކްޓިވް ކަމަށް ބުނެއެވެ.