ބޮލީވުޑްގެ މަގުބޫލު ތަރި އަދި މިސް ވޯލްޑް 1994 އައިޝްވަރިޔާ އަދި އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅު އަރަދްޔާ ބަޗަންއާއެކު ހަފުލާއެއްގައި ނަށާ ވީޑިއޯއެއް އިންޓަނެޓުގައި ވައިރަލްވެއްޖެއެވެ.

އެ ވީޑިއޯގައި އައިޝްވަރިޔާ ލާފައި ހުރީ ކަޅުކުލައިގެ އަނާރްކަލީ ހެދުމެކެވެ. އަރަދްޔާ ލާފައި ހުރީ ހުދުކުލައިގެ ހެދުމެކެވެ. ދެމައިން އެކުގައި މިގޮތަށް ނަށާ ވީޑިއޯ އިންޓަނެޓުގައި ވައިރަލްވުމުން ފޭނުން އަންނަނީ އެއަށް ތައުރީފުކޮށް މަންމަ އާއި ދަރިފުޅުގެ ކެމިސްޓްރީ ފާހަގަކުރަމުންނެވެ.

މީގެ ކުރިންވެސް އަރަދްޔާ އޭނާގެ މަންމަ އާއި އަދި ބައްޕަ އަބީޝެކް ބަޗަންއާއެކުވެސް ނަށާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.

https://www.youtube.com/watch?v=G0m4802ArCw

އަރަދްޔާ އަކީ ސްކޫލުގައިވެސް އެކި ނެށުންތަކުގައި ބައިވެރިވާ ކުއްޖެކެވެ.

ބޮލީވުޑް ތަރި އަބީޝެކް ބަޗަންއާ އައިޝްވަރިޔާ ކައިވެނި ކުރީ އޭޕްރިލް 2007ގައެވެ. އަރަދްޔާ އުފަންވެފައި ވަނީ 2011 ގައެވެ. މިދިޔަ ނޮވެމްބަރުގައި އަރަދްޔާއަށް 12 އަހަރުވެފައިވާއިރު އޭނާއަކީ މުމްބާއީގައި ހުންނަ ދިރުބާއި އަމްބާނީ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރެކެވެ.

އައިޝްވަރިޔާ އެންމެ ފަހުން ފެނިފައިވަނީ ތާރީހީ އެކްޝަން ޑްރާމާއެއް ކަމަށްވާ 'ޕޮނިއްޔިން ސެލްވަން 2' އިންނެވެ.