މަގުބޫލު ފްރެންޗައިޒް ފިލްމު ސިންގަމްގެ ތިންވަނަ ބައި 'ސިންގަމް އަގެއިން'ގެ ޝޫޓިންތައް ކުރިއަށްދާއިރު އެ ފިލްމުގެ ލީޑް އެކްޓަރު އަޖޭ ދޭވްގަންއަށް ޝޫޓިން ތެރެއިން އަނިޔާވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ މިޑް-ޑޭގައި ބުނެފައިވާ ގޮތުން، ފިލްމުގެ އެކްޝަން ސީނެއް ކުޅެނިކޮށް އަނިޔާވެފައިވަނީ އަޖޭގެ ލޮލަށެވެ. އެ ސީނުގައި އަޖޭ ކުޅެމުންދިޔައީ ކޮމްބެޓް ހަރަކާތްތަކެއް ކަމަށާއި ކުއްލިއަކަށް އޭނާގެ މޫނަށް 'ބްލޯ' (ކޮމްބެޓް ސީނުތަކުގައި ބޭނުންކުރާ ދަނގަޑު) އަކުން ޖެހި ލޮލަށް އަނިޔާވީ ކަމަށްވެއެވެ.
އެ ވަގުތު އޭނާއަށް ޑޮކްޓަރުން ފަރުވާ ދިން ކަމަށާއި ކުޑަ ބްރޭކެއް ނެގުމަށްފަހު މާގިނަ އިރުތަކެއް ނުވަނީސް އަޖޭ ފިލްމުގެ ޝޫޓިންގައި ބައިވެރިވެފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
އެ ފިލްމު ޝޫޓިން ކުރިއަށް ދިޔައީ އިންޑިއާގެ ކާރުބޯރު ހިސާބެއް ކަމަށްވާ ވައިލް ޕާލޭގައެވެ. މިޑް-ޑޭ ރިޕޯޓް ބުނާ ގޮތުގައި ފިލްމުގެ ބާކީ ހުރި ޝޫޓިންތައް ކުރިއަށް ދަނީ ފިލްމު ސިޓީގައެވެ.
ސިންގަމްގެ ތިންވަނަ ބަޔަށް ރޯހިތް ޝެޓީ ވަނީ ބޮޑެތި ތަރިންތަކެއް ނަގައިފައެވެ. އެގޮތުން ބަތަލާއިންގެ ގޮތުގައި ފެނިގެންދާނީ ކަރީނާ ކަޕޫރާއި ދީޕިކާ ޕަޑުކޯންއެވެ. ޑީސީޕީގެ ރޯލުން ޝިލްޕާ ޝެޓީ އަދި އޭސީޕީގެ ގޮތުގައި ޓައިގާ ޝްރޮފްވެސް ފެނިގެންދާއިރު، ސޯނޫ ސޫދާއި ޕްރަކާޝް ރާޖް، ފަރްދީން ޚާން، ޖެކީ ޝްރޮފް، ރަންވީރު ސިންގާއި ސިދްއާތް ޖާދަވްވެސް މި ފިލްމުން ފެނިގެންދާނެއެވެ. އަދި ވިލަންގެ ރޯލުން ފެނިގެންދާނީ އަރުޖުން ކަޕޫރެވެ.
ސިންގަމް އަގެއިން ރިލީސްކުރަން ހަމަޖައްސާފައި ވަނީ 2024ގެ އިންޑިއާގެ މިނިވަން ދުވަހުއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން