ރަޝިޔާ ސިފައިންގެ އަދަދު 1.32 މިލިއަނަށް އިތުރު ކުރަން އެ ގައުމުން ނިންމަައިފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ ސިފައިންގެ އަދަދު އިތުރުކުރަން ނިންމާފައި މި ވަނީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާ ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ގައުމުގެ މިލިޓަރީ ސިފައިންގެ އަދަދު 2.2 މިލިއަނަށް އިތުރުކުރާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެއީ އެގައުމުގެ އާމީ ސިފައިންގެ ގޮތުގައި ހަރަކާތްތެރިވާނެ 1.32 މިލިއަން ސިފައިން ހިމެނޭ ގޮތުންނެވެ.

ރައީސް ޕޫޓިންގެ އަމުރުފުޅަށް ރަޝިއާގެ މިލިޓަރީ އިތުރު ކުރުމުގެ މަސައްކަތުގެ ދަށުން އެގައުމުގެ މިލިޓަރީއަށް ވަނުމަށް މިހާރު ހުޅުވާލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.