އދ. ދިގުރަށުގައި ކުއްޖަކު ވިހާފަ ކުނިގޮނޑަށް އެއްލާލައިފައި އޮއްވައި ފެނިއްޖެއެވެ.
ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު މޯލްޑިވްސް ޕޮލިސް ސާވިސަށް ލިބިފައިވާކަމަށް ޕޮލިހުން ބުނެފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުން ކަމަށާއި އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް ޔަގިންކޮށްދީފައި ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ބަލާ ތަހުގީހު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ދިގުރަށު ކައުންސިލުން މިއަދު "ވަން" އަށް ބުނީ، އެރަށުގައި އެކަހަލަ މައްސަލައެއް ދިމާވެގެން ރަށުގެ ގޮނޑުގައި ފުލުހުންނާއި ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު