ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ކެޓަގަރީން ލީޑިން ޑެސްޓިނޭޝަން އެވޯޑް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
ދުބާއީގެ ބުރުޖް އަލް އަރަބްގައި ރޭ ބޭއްވި މި އަހަރު ބާއްވާ 30 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ދުބާއީ، އިންޑޮނޭޝިއާ، ނިއުޒިލެންޑް، ސްޕެއިން އަދި ވިއެޓްނާމް ފަދަ ދުނިޔޭގެ މަޝްހޫރު 17 މަންޒިލަކާ ވާދަކޮށްގެންނެވެ.
1993 ވަނަ އަހަރުން ފެށިގެން ދޭ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ އެވޯޑްސްގައި ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދޭން ފެށީ 1996 ވަނަ އަހަރުން ފެށިގެންނެވެ.
ރާއްޖެއަށް ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުމުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީއަށް ވަނީ މި އަހަރުގެ ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑުގެ އެއްވޯޑުވެސް ލިބިފައެވެ. މިއީ ޖެހިޖެހިގެން އެ އެވޯޑް އެމްއެމްޕީއާރުސީން ހޯދި ދެވަނަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު