މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯއަކަށް އަހުމަދު ޝަމާހް ރަޝީދު އަދި ޗެއާމަނަކަށް އަހުމަދު ޝިފާން އައްޔަނުކޮށްފިއެވެ.

މިފްކޯގެ އެކްސް އެކައުންޓުން ރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ދެ ބޭފުޅުންގެ ލީޑަޝިޕްގައި މިފްކޯ އާ ހަރުފަތަށް ގެންދާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންގެ ނަމުގައި އެ ދެ ބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެސްޓީއޯގެ ވެބްސައިޓުގައިވާ ގޮތުން މިފްކޯގެ ޗެއާމަނަށް ހަމަޖެއްސި އަހުމަދު ޝިފާންއަކީ، އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް އެންޑް ފުޑް ސެކިއުރިޓީގެ ސީނިއާ ޖެނެރަލް މެނޭޖަރުކަން ފުރުއްވަމުން ގެންދަވާ ބޭފުޅާވެސް މެއެވެ.