ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ގައުމީ ކުތުބުހާނާ އަޕްގްރޭޑް ކޮށްފިއެވެ.
ބީއެމްއެލް ކޮމިނިއުޓީ ފަންޑުގެ އެހީގެ ދަށުން، ގައުމީ ކުތުބުހާނާ އަށް ގެނެސްފައި ހުރި ބަދަލު ބައްލަވައިލެއްވުމަށް މިއަދު ހެނދުނު އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ އެތަނަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި ކުތުބުހާނާގައި މިހާރު ތަރައްގީކޮށްފައިވާ ތަންތަނާއި ކުރިއަށް އަދި ނުނިމި ހުރި މަސައްކަތްތައްވެސް ކާލް ބައްލަވާލެއްވިއެވެ.
ގައުމީ ކުތުބުހާނާ އަޕްގްރޭޑުކުރުމަށް ބީއެމްއެލްގެ އެހީގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ފުރަތަމަ ފަހަރަށް ލައިބްރަރީގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކުރުން
- ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކުރުން
- ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ގާއިމްކުރުން
- ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުން
- ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބެހެއްޓުން
- މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބައި ތަރައްގީކުރުން
- ސައިލެންޓް ރީޑިން ރޫމް ތަރައްގީކުރުން
- ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ތަރައްގީކުރުން
- ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑު ކުރުން
- ލައިބްރަރީގެ އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަން ތަރައްގީކުރުން
ޚަބަރު
ޚަބަރު
ޚަބަރު