ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށައެޅުމާމެދު މާދަމާ ގޮތް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
ޕީއެންއެފް އުފައްދުމުގެ ހުއްދައަށް އެދިފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ޕާޓީ އުފައްދަނީ ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައެވެ.
އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒެއިން އަބްދުﷲ ޔާމީންގެ ފަރާތުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން، އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާމެދު މާދަމާ 2:00 ޖަހާއިރު ބާއްވާ ކޮމިޝަންގެ ޖަލްސާގައި ގޮތެެއް ނިންމަވާނެ ކަމަށެވެ.
ޕީއެންއެފަށް މިހާރުވެސް މެންބަރުން ހޯދަން ފޯމް ފުރަން ފަށާފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން އާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރެކޯޑު ޕީއެންއެފުން މުގުރާލާނެއެވެ.
އެގޮތުން ހުއްދަ ދޭތާ 24 ގަޑިއިރުގެ ތެރޭގައި 3،000 މެންބަރުންގެ ފޯމާ އެކު ކޮމިޝަނަށް ހުށަހަޅަން ދަނީ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު