ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އާބަންކޯއަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައިފިއެވެ.
އެސްޓީއޯގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިމާދް އިބްރާހީމް ހަމަޖައްސާފައިވާ ކަމަށެވެ. ޝިމާދު ކުރިން ހުންނެވީ އެ ކުންފުނީގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ.
އެސްޓީއޯގެ ކުރީގެ އެމްޑީއެއްގެ ގޮތުގައި ހުންނެވީ އަބްދުﷲ ސައީދެވެ.
އާބަންކޯއަށްވެސް މިއަދު ވަނީ އާ މެނޭޖިން ޑިރެކްޓަރެއް ހަމަޖައްސައިފައެވެ. އެގޮތުން އެ ކުންފުންޏަށް އައްޔަންކޮށްފައި ވަނީ އިބްރާހީމް ފަޒުލް ރަޝީދެވެ. އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފަޒުލް ދިޔައީ ރައްޔިތުންގެ މަޖިލީހުގައި ވ. ފެލިދޫ ދާއިރާ ތަމްސީލުކުރައްވަމުންނެވެ. މީގެ ކުރިން އޭނާ އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
އާބަންކޯގެ ކުރީގެ އެމްޑީއެއްގެ ގޮތުގައި ހުންނެވީ އަހުމަދު އާތިފްއެވެ.
މީގެ އިތުރުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އާމިނަތު ޒީނިޔާ އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އާ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ފަހުމީ ވެސް ވަނީ ހަމަޖައްސައިފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު 20 ކުންފުންޏަކަށް ވެރިން އައްޔަންކޮށްފައި ވެއެވެ. އަދި މިއަދުން ފެށިގެން އެ ބޭފުޅުން އޮފީސްތަކަށް ނުކުންނަވަން ފައްޓަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު