ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އާ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ފަހުމީ ހަމަޖައްސައިފިއެވެ.
ސްޓޭލްކޯގެ މީޑިއާ ކޯޑިނޭޓާ އަހުމަދު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ ފަހުމީއަކީ ސްޓެލްކޯގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، އޭނާ ކުފުންޏާ ގުޅުނީ 1 ފެބްރުއަރީ، 1998 ގައެވެ.
އެ މުއްދަތުގެ ތެރޭގައި ފަހުމީ ސްޓޭލްކޯގެ އެކި ޑިޕާޓްމެންޓުތައް ހިންގުމާ ހަވާލުވެ ހުންނެވި ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕްރޮކިއުމެންޓް، ބިޒްނަސް ޑިވެލޮޕްމެންޓް، ކަސްޓަމާ ސާވިސް، ބިލިން ޑިޕާޓްމެންޓް އަދި ސްޓެލްކޯ ފެން ހިމެނެއެވެ.
ފަހުމީއަކީ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބިސްނަސް އެޑްމިނިސްޓްރޭޝަން މާސްޓާސް ސާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޔުނިވާސިޓީ އޮފް އެބާޑީންއިން ތާޑް ކްލާސް އޮނާސްއާއެކު އެކައުންޓެންސީން މާސްޓާސް ހާސިލުކުރައްވާފައިވެއެވެ.
އާސަންދަ ކުންފުންޏަށްވެސް މިއަދު އާ އެމްޑީއެއް އައްޔަންކޮށްފައިވާއިރު، އެ ކުންފުންޏަށްވެސް އައްޔަންކޮށްފައި ވަނީ އެ ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދެއްވި މުވައްޒަފެއް ކަމަށްވާ އާމިނަތު ޒީނިޔާއެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އެކި ކުންފުނީގެ އެމްޑީން މިއަދު ވަނީ އައްޔަންކޮށްފައެވެ.
ޚަބަރު
ޚަބަރު