ގަލްފު ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ނޭވީ މަނަވަރަކަށް ހޫތީން ހަމަލާ ދީފިއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ އިން ވަނީ އެމެރިކާގެ ނޭވީ މަނަވަރަށް ދެ މިސައިލެއް ފޮނުވާލައިފައެވެ.
ގަލްފް ސަރަހައްދުގައި އެމެރިކާ މަނަވަރު ހަރަކާތްތެރިވަނީ ސޯމާލިއާގެ ކަނޑުގެ ސަރަހައްދުގައި ހިނގި މިޝަންއެއްގައި ބައިވެރިވުމަށެވެ.
އެމެރިކާގެ އުޅަނދުގެ އޮފިޝަލަކު ވަނީ އެ އުޅަނދަށް ދިން ހަމަލާ އައިސްފައިވަނީ ޔަމަނުގައި ހޫތީން ކޮންޓްރޯލް ކުރާ ސަރަހައްދުން ކަމަށް ބުނެފަޢެވެ. އަދި ހޫތީން ފޮނުވާލި ދެ މިސައިލު ވަނީ ގަންފު ކަނޑަށް ވެއްޓިފައި ކަމަށް އޮފިޝަލު ބުނެއެވެ.
ހޫތީންގެ ހަމަލާއިން އެމެރިކާގެ މަނަވަރު ސަލާމަތްވީ އެމަނަވަރާ 10 ނޯޓިކަލް މޭލު ދުރު ސަރަހައްދަކަށް އެ ދެ މިސައިލު ވެއްޓުމުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ