މިހިނގާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހަށް ދައްމާލަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއެކު މުހިއްމު މަސައްކަތްތަކެއް މަޖިލީހުގައި ކުރަން އެބައޮތް ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ދައުރު ދަންމާލަށް މަޖިލީހުގެ މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު