ދެކުނު ކޮރެއާގެ އިންޓެލިޖެންސްގެ އިސް ވެރިންތަކެއް އިސްތިއުފާ ދީފިއެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ވަނީ އެގައުމުގެ އިންޓެލިޖެންސް އެޖެންސީގެ އެންމެ އިސްފަރާތުގެ އިތުރުން އެ އެޖެންސީގެ ޑެޕިއުޓީ ހެޑުންގެ އިސްތިއުފާ ގަބޫލުކުރައްވައިފައެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން އިންޓެލިޖެންސްގެ އިސްވެރިންތަކެއް އިސްތިއުފާ ދިނުމާ ގުޅޭ އިތުރު ތަފުސީލުތައް ހާމަކޮށްފައި ނުވި ނަމަވެސް، އެގައުމުގެ ނޫސްތަކުން ވަނީ އިސްތިއުފާ ދީފައިވަނީ އިންޓެލިޖެންސްގެ މަގާމުތަކަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާ މެދު ހިތްހަމަ ނުޖެހިގެން ކަމަށް ރިޕޯޓު ކޮށްފައެވެ.
އެ އިސްވެރިންތައް ގުޅިގެން އިސްތިއުފާ ދިނުމުގެ ފަހަތުގައި ވަނީ ޒާތީ ސަބަބުތަކެއް ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
އިންޓެލިޖެންސްގެ އިސްފަރާތްތަކުން އިސްތިއުފާ ދީފައިވާ އިރު، ދެކުނު ކޮރެއާއިން ވަނީ އެގައުމުގެ ފުރަތަމަ މިލިޓަރީ ސެޓަލައިޓް ޖައްވަށް ފޮނުވާލައިފައެވެ. އަދި މީގެ އިތުރުން އެގައުމުން ވަނީ ހަތިޔާރު އުފެއްދުމުގެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް އެގައުމުގެ މިލިޓަރީ ބާރުގަދަކަން އިތުރުކުރަން ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ