ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އަށް އަހުމަދު ނަޝާތު އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ބޯޑަށް ނަޝާތު އައްޔަންކުރެއްވީ އެ ބޯޑުގެ ގާނޫނީ ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.
ނަޝާތު މީގެ ކުރިން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ މަގާމު އަދާކުރައްވައިފައެވެ. އޭނާ އިންޓަނޭޝަނަލް ލޯ އިން މާސްޓާސް ހާސިލުކުރެއްވީ އިނގިރޭސިވިލާތުންނެވެ.
މިދިޔަ ހަފުތާ ރައީސް ވަނީ ޕީސީބީއަށް ފަސް މެންބަރަކު އައްޔަންކުރައްވައިފައެވެ. އެ ބޯޑުގެ ރައީސްގެ މަގާމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހަމްދީ އަގީލް އައްޔަނުކުރައްވާފައިވެއެވެ.
ޕީސީބީ ބޯޑުގައި ތިބެނީ ޖުމުލަ ހަތް މެންބަރުންނެވެ. ނަމަވެސް ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދާއި ބޯޑު މެންބަރު އަލީ ޝަފީއުއާއި ބޯޑު މެންބަރު ރުޝާހާ އަހުމަދު ވަނީ ބޯޑުން ވަކިވެފައެވެ.
އެހެންވެ ބޯޑަށް މެންބަރުން ހަމަނުވެގެން ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ވަނީ އައްޔަން ނުކުރެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު