38 ދަތް ހުރި އިންޑިއާ އަންހެނަކު ދުނިޔޭގެ ރެކޯޑުފޮތަށް އަރައިފިއެވެ.
އުމުރުން 26 އަހަރުގެ ކަލްޕާނާ ބަލާން ނަމަކަށް ކިޔާ އެ އަންހެން މީހާގެ އަނގައިގައި އާންމު އިންސާނެއްގެ ދަތް ހުންނަ ވަރަށް ވުރެ ހަ ދަތް އިތުރަށް ހުރިކަމަށް އޮފިޝަލުން ބުނެއެވެ.
ކަލްޕާނާ ވަނީ އެންމެ ގިނަ ދަތް ހުރި އަންހެނާގެ ރެކޯޑު ގާއިމް ކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފައެވެ.
ކަލްޕާނާ ވަނީ އާދަޔާ ހިލާފަށް ދަތް ގިނަ ވުމުން ޑެންޓިސްޓަކަށް ދައްކައި ފަރުވާވެސް ހޯދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އިތުރަށް އުފެދޭ ދަތްތައް ރަނގަޅަށް އުފެދުމުން ނޫނީ ފަރުވާ ނުދެވޭނެ ކަމަށް ޑެންޓިސްޓު ބުނެފައިވާ ކަމަށް ކަލްޕާނާ ބުނެއެވެ.
ކަލްޕާނާގެ ޑެންޓިސްޓު ވަނީ އޭނާގެ އަނގައިގެ ދަތްޕިލައިގެ އެންމެ ބުޑުން އިތުރު ދަތްތަކެއްވެސް ފަޅަން ފަށާފައިވާކަން ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ